Thursday, September 30, 2010

މުސްތާގްއަށް އެހީވެދެއްވާ

އެކުވެރި އަޚުންނާއި އުޚްތުން، ކިޑްނީ ބަލީގެ 5ވަނަ ސްޓޭޖް ނުވަތަ ފަހުސްޓޭޖްގެ ދުވަސްތައް ހޭދަކުރަންޖެހިފައިވާ އަބްދުﷲ މުސްތާގުއަށް އެހީވެދިނުމުގެ މަގްޞަދުގައި ތައްޔާރުކުރެވިފައިވާ މި ވެބްސައިޓްއިން ވިދާޅުވުމަށް މަރުހަބާދަންނަވަމެވެ.
ޑޮކްޓަރުންވަނީ މުސްތާގު ކިޑްނީބަލީގެ ހާލަތުވަނީ އެންމެ ފަހުސްޓޭޖްތެރޭގަކަން ޔަގީންކޮށްދީފައެވެ. ހަށިގަނޑުގައި ކިޑްނީއިން ކުރެވެންޖެހޭ މަސައްކަތްތައްވަނީ ހުއްޓިފައެވެ. މީގެ ސަބަބުން ދާއިމީކޮށް ހަފްތާއަކު ތިންދުވަހު ޑައެލިސިސް ފަރުވާ ދިރިހުރުމަށްޓަކާ ނަގަންޖެހޭ އަދި މިކަމަށް ހަމައެކަނިއޮތް ޝިފާއަކީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމެވެ.
އަބްދުﷲ މުސްތާގަކީ އެކެޑެމިކް ތަޢުލީމާއި ވޮކޭޝަނަލް ތަމްރީން ދިނުމުގެ ދާއިރާއިންނާއި އިޖްތިމާއީރޮގުން ކައުންސިލިންގ ދިނުމުގައި 1998އިން ފެށިގެން ވަރަށްގިނަގުނަ ޚިދްމަތްތަކެއް ދިވެހި ކިޔަވާކުދިންނަށާއި ޒުވާނުންނަށާއި ބެލެނިވެރިންނަށް ފޯރުކޮށްދީފައިވާ އަގުގުރި ލީޑަރެއް އަދި އަޅުގަނޑުމެންގެ އެކުވެރި ޓީޗަރެއްވެސްމެއެވެ.
2010 މޭ މަހުގައި އިންޑިޔާއަށް ކުރި އަމިއްލަދަތުރު ވެގެންދިޔައީ މުސްތާގުގެ ބަލިކަމުގެ އަސްލު ހަގީގަތާ ދިމާވުމެވެ. އޭގެކުރިއަކުން މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ހޮޑުލެވުމާއި، ދުޅަވުމާއި ބޮލުގަރިއްސުމާއި ވަރުބަލިކަން އަބަދު އިހުސާސްކުރެވުމް ދިޔަނަމަވެސް ބަލީގެ އަސްލުނޭގެއެވެ. އިންޑިޔާއަށް ކުރިދަތުރުގައި ދެފައި ދުޅަވުމުގެ ސަބަބުން އިންޑިޔާގެ ކިމްސް ހޮސްޕިޓަލަށް ގެންދެވުނު އަދި ޑޮކްޓަރުން ޔަގީންކޮށްދިން މުސްތާގުގެ ދެކިޑްނީ ފެއިލްވެފަވާކަމާއި ޑައެލިސިސް ފަރުވާހޯދުމަށް ހޮސްޕިޓަލުގައި އެޑްމިޓްވާންޖެހޭކަމެވެ. މިނޫނަސް އިންޑިޔާގެ ޗެންނައިގަ ހުންނަ ގްލޯބަލް ހޮސްޕިޓަލް ސިޓީ އަދި ތްރިވަންތަޕުރަމްގައި ހުންނަ ދަ އިންޑިޔާ ހޮސްޕިޓަލް އިންވެސް ފަރުވާ ހޯދަމުން އެއްމަސް ދުވަސްފަހުން ރާއްޖެއަށް އާދެވުނެވެ. އަދި މިހާރު ގެންދަނީ މަދަނާއިގެދަށުން އައި.ޖީ.އެމް.އެޗް އިން ޑައެލިސިސް ހަދަމުންނެވެ.
ޑޮކްޓަރުންގެ އިރުޝާދަކީ މުސްތާގުގެ ބަލިން ރަގަޅުވެވެން އޮތްހަމައެކަނި މަގަކީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމެވެ. މިފަރުވާއަށް ބޭނުންވާ ފައިސާ މުސްތާގުގެ އަމިއްލައަތުގައި ނެތުމާއި އެފަދަ މާލީގޮތުން އެހީތެރިކަން އާއިލާގެ ފަރާތުން ފޯރުކޮށްދެވޭންނެތުމުން މުސްތާގަށް އެހީތެރިކަން ބޭނުންވެފައިވާތީވެ އާއިލާގެ ފަރާތުންނާއި ރަހުމަތްތެރިނާއި މުސްތާގުގެ ދަރިވަރުންގެ މަދަދާއެކު މަސަކަތްކުރަމުން މިގެންދަނީ ބޭނުންވާ ފައިސާ ދީލަތި ފަރާތްތަކުގެ އެހީތަށް ލިބޭނެކަމުގެ އުންމީދުގައެވެ.